ތިލަދުންމަތީ
އުތުރުބުރީ އިހަވަންދޫގައި 2011 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ފެށުނު
ސާފުބޯފެނުގެ ޚިދުމަތުގެ އަމަލީ މަސައްކަތް ކުރިއަށް އެބަދެއެވެ. އެގޮތުން ބިން
ސާފުކުރުމާއި ފެންޕުލާންޓްގެ އިމާރާތް ހެދުމުގެ މަސައްކަތާއި ފުރާޅުތަކުން ލިބޭ
ވަރޭފެން ޖަމައު ކުރުމަށް ބެނުންކުރާ ޓޭންކްތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް
އެބަދެއެވެ. މި ޕޮރޮޖެކްޓަކީ 2011 ވަނަ އަހަރު ދިވެހި ސަރުކާރަށް އެޑަޕްޓޭޝަން ފަންޑުގެ ދަށުން، އެހީގެ ގޮތުގައި ލިބުނި ޕޮރޮޖެކްޓެކެވެ. މިގޮތުން
ސަރުކާރުންވަނީ އިހަވަންދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ގޮތުން
މި ޕޮރޮޖެކްޓް އިހަވަންދޫގައި ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ. މިޕޮރޮޖެކްޓްގެ
އަމާޒަކީ ރައްކާތެރި ސާފުބޯފެން ރައްޔިތުންނަށް ފޯރުކޮށްދެއްވުމެވެ.
މި
ޕޮރޮޖެކްޓްގައި މިހާތަނަށް އެކި ތަފާތު ގިނަ ސާރވޭތައް ކުރެވިފައިވެއެވެ. މިގޮތުން
ހުރިހާ ސަރވޭތައް ނިމި EIA ރިޕޯޓް ވަނީ އެކުލަވާލައި
ތައްޔާރުކޮށް ނިންމައި އިހަވަންދޫ ކައުންސިލަށްވެސް ހިއްސާކޮށްފައެވެ. އަދި ފެނުގެ
ހާލަތު ދެނެ ގަތުމަށްޓަކައި އިހަވަންދޫގެ ސަރުކާރު މުއައްސިސާތާކައި އިދާރާތަކުގެ ގިނަ
ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުންތައްވެސް ބޭއްވި އެފަރާތްތަކުގެ ހިޔާލުވަނީ
ހޯދިފައެވެ. ރައްޔަތުންނަށް ފޯރުކޮށްދިނުމަށް ބޭނުން ވާ ފެން ކަނޑުންނާއި އަދި
ބިމުގެ އެތައް ފުންމިނެއްގެ އަޑިން ނެގޭނެ އިންތިޒާމް ޤާއިމުކުރެވޭނެއެވެ. އަދި
ޢާއްމު ރައްޔަތުންގެ ގެތަކުން މަގުމައްޗަށް
ދޫކުރާ ފެނާއި ސަރުކާރު ބޮޑެތި އިމާރާތްތަކުގެ
ފުރާޅުތަކުން ފެން ނެގޭނޭގޮތަށް ފަރުމާ ކުރެވިފައިވެއެވެ. މިގޮތުން ޢާއްމު ރައްޔިތުންގެ
ގެތަކުން މަގުމައްޗަށް ދޫކުރާ ފެނާއި ސަރުކާރު އިމާރާތްތަކުގެ ފުރާޅުތަކުން ލިބޭ
ފެން ޖަމާ ކުރުމަށްޓަކައި ރަށުގެ އެކި ހިސާބުތަކުގައި ބޮޑެތި ކޮންކުރީޓް
ޓޭންކްތަކެއް ބެހެއްޓޭނެއެވެ. އެގޮތުން ރަށުގެ 3 ސަރަހެއްދައި 3 ކޮންކުރީޓް ޓޭންކް
ބެހެއްޓޭނެއެވެ. މިގޮތަށް ނެގޭ އަދި ޖަމާ ކުރެވޭ ފެން، ޕުލާންޓް ބޭނުންކޮށްގެން
ބޯން ބޭނުންކުރާ މިންވަރަށް ފެން ސާފުކުރުމަށްފަހު ނުވަތަ ޕިޔުރިފައި
ކުރުމަށްފަހުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެވޭނެއެވެ.
މަތީގައި އެވަނީ ނަރުދަމާ ސާރވޭ ޗާޓެކެވެ.
އިހަވަންދޫއަކީ ރާއްޖޭން އުތުރުގައި މަސްވެރި ރަށަކަށްވުމާއި އެކު އޮޑި ދޯނި ފަހަރާއި މާލެ ދަތުރުކުރާ ބޮޑެތި ބޯޓް ފަހަރު ގިނަ ރަށަކަށްވުމާއި އަދި އައިސްޕުލާންޓެއް ހުރުމުން އައިސްލާން އަންނަ ގިނަ މަސްވެރިފަރާތްތަކާއި މިނޫންވެސް ފަރާތްތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށްޓަކައި ބަނދަރުމަތީގައި ފެންލިބޭނެ އިންތިޒާމު މި ނިޒާމުގެ ދަށުން ޤާއިމުކުރެވޭނެއެވެ. މި ޚިދުމަތް ޤާއިމުކުރެވޭ އިރު ރަށުގެ ކޮންމެ ގެއަކަށް ފެންލިބޭނޭ ގޮތައް ފެންހޮޅިތަކުގެ ކޮޅު ފޯރުކޮށްދެވޭނެއެވެ. ވުމާއި އެކު މުޅިރަށުގެ ހުރިހާ މަގުތައް ކޮނެ ޕައިޕްތައް ވަޅުލެވޭނެއެވެ. އިހަވަންދޫއަކީ ކަރަންޓާއި ފޯންލައިންތަކާއި ކޭބަލްޓީވީގެ ނިޒާމެއް ގާއިމުކޮށްފައިވާ މީގެ އިތުރުން ސީދާ މަގުމަތީ ފޫޓުފާރަށް ގެ ބަހައްޓައި ގެދޮރުގެ އިމާރާތް ކޮށްފައި ހުރިހުރުން އިތުރު ރަށަކަށްވުމާއި އަދި ފެނުގެ ނިޒާމު ޤާއިމުކޮށް ހުރިހާ ހޮޅިތަކެއް މަގުމަތީ ވަޅުލުމަށްފަހު ނަރުދަމާ ހޮޅި ފަހުން ވަޅުލަނީ ކަމުގައި ވަނީ ނަމަ ދެންނެވުނު ހުރިހާ ވިއުގަތަކަށް އަދި އިމާރާތްތަކަށް ލިބިދާނެ ގެއްލުން ބޮޑުވާނެ ކަމަށް އެވަގުތު ސަރުކާރަށް ބެލެވިފައިވާތީ އަދި އެހެންމެ އިހަވަންދޫއަކީ 2011 ވަނަ އަހަރުގެ ޑިސެމްބަރ މަހާއި ހަމައަށް އައި އިރު ނަރުދަމާގެ EIA ރިޕޯޓްވެސް ތައްޔާރުކޮށް ނިމިފައިވާ ރަށަކަށް ވުމުން މަސައްކަތް އިމްޕުލިމެންޓް ކުރާ ފަރާތާއި ވާހަކާ ދައްކައިގެން އޭރު ވަނީ ފެނުގެ ހޮޅިތައް ވަޅުލާއިރު ނަރުދަމާ ހޮޅިވެސް ވަޅުލާގޮތަށް ހަމަޖެހިފައެވެ. މިގޮތުން އިހަވަންދޫގެ ރައްޔިތުންނަށް ބޭނުންވާ ސާފުބޯފެނާއި ނަރުދަމާގެ ޚިދުމަތް އިރާދަކުރެއްވިއްޔާ މިޕޮރޮޖެކްޓްގެ ތެރެއިން ހަމަ ޖެހިގެންދާނެކަމަށް ކައުންސިލުން ދެކެމެވެ. އަދި މަގުމަށްޗައް ފުރާޅުތަކުންއަންނަ ފެނުގެ ސަބަބުން ހެދޭ ފެން ހައްލުވެގެން ދާނެ ކަމަށް ފާހަގަ ކުރެވެއެވެ.