Thursday, July 4, 2013

އިހަވަންދޫގައި ހިނަވާ ގެއެއް އެޅުމަށް ކައުންސިލުން ނިންމާފި



މިއަދު ބޭއްވުނު ކައުންސިލްގެ ޢާއްމު ބައްދަލުމަށް ހާޒިރުވެ ވަޑައިގެން 4 މެމްބަރުންގެ އިއްތިފާޤުން އިހަވަންދޫގައި ހިނަވާގެއެއް އެޅުމަށްވަނީ ނިންމާފައެވެ.



ހިނަވާގެ އެޅުމަށްޓަކައި ނިންމާފައިވަނީ އިހަވަންދޫ ޤަބުރުސްތާނާއި އެންމެގާތުން ހުސްބިމެއް ލިބެން އޮތް މިރަށު އަންހެނުންގެ މިސްކިތެއް ކަމަށްވާ ޒަހުރާ މިސްކިތު ގޯތިތެރޭގެ އިރުއުތުރު ކަނަށް ވާގޮތައް އޮންނަ ހުސްބިމުގައެވެ.
 މުޅި މި މަޝްރޫޢު ނިމޭ އިރު 200000 ރުފިޔާއަށް ވުރެށް އިތުރަަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މިމަޝްރޫޢު ކުރިއަށްގެންދަން ކައުންސިލުން ނިންމި ނިންމުގައި މާގަނޑުގޮތެއްގައި ފާހަގަ  ކުރައްވާފައިވަނީ، އިހަވަންދޫއަކީ 3000 މީހުންނަށް ވުރެށް ބޮޑު އަބާދީ އެއް އޮންނަ ބިމުގެ ޖާގަ ދަތި ގޭގޭ ތަކުގައި ތޮއްޖެހުން އިތުރުވަމުން އަންނަަކަން ފާހަގަ ކުރެވޭ ރަށެއް ކަމަށްވުމާއި އެކު ފަރުނީޗާރ ސެޓްފަދަ މިނޫންވެސް ދިރިއުޅުމަށް ބޭނުން ކުރާ ހިފާގެންގުޅޭ ގިނަ ސާމާނުތައް ގޭތެރޭގައި ގިނަވުމުން ގޭތެރޭގެ ޖާގަކުޑަވުމުގެ ސަބަބުން މަރުވާ މައްޔިތާ ހިނެވުމުގައި ދަތިތަކެއް ހުންނަކަމަށް ކައުންސިލަށް ފާހަގަ ކުރެވޭ ހިނދު ކުރީގެ ގޯތިތަކުގެ ސައިޒާ ޚިލާފަށްް މިހާރުގެ ގޯތިތަކުގެ ސައިޒު އިތުރަށްކުޑަވުމުގެ ސަބަބުން އިތުރަށް މިފަދަ ކަންކަމުގައި ދަތިވާނެ ކަމަށް ކައުންސިލަށް ޤަބޫލުކުރެވޭކަމަށެއެވެ.
 އަދި މީގެ އިތުރުން އިހަވަންދޫއަކީ އެސްޓިމޭޓް މަސައްކަތްތަކާއި ސިނާއި މަސައްކަތްތަކުގެ އިތުރުން ތަފާތު ގިނަ މަސައްކަތްތައް ކުރުމަށްޓަކައި ބިދޭސީން ގިނަ އަދަދަކަށް ގެންގުޅޭ އަދި ހަރަކާތްތެރިވާ ރަށަކަށް ވުމުން، ބިދޭސީންގެ ހަލަބޮލި ކަމުގެ ތެރެއިން ބައެއްފަހަރު ހަވާލުދާރިއަކު ނެތި މަސައްކަތް ކުރާ ބިދޭސީއަކު ނުވަތަ ރަށުން ބޭރުދަތުރުވެރި ފަރާތެއް ކުއްލިގޮތަކަށް ނިޔާވާ ހިނދު ހިނަވާގެެއެއްގެ މުހިންމުކަން ފަހާގަ ކުރެވޭކަމަށެވެ. އަދި މީގެ އިތުރުން މަރުވެގެން ޤަބުރެއް ލައްވާ ހިނދު ހިނެވުމުގައި ހިނަވާ ގެއެއްގެ މުހިންމުކަން ފާހަގަކޮށް އަލިއަޅުވާ މަޝްވަރާކުރެވިފައިވެއެވެ.
ހިނާވާގެ ނިމޭ އިރު ހިނެވުމާއި ވަޅުލުމަށް ޢާއްމުކޮށް ބޭނުން ކުރާ ހުރިހާ އާލަތްތައް އެތަނުގައި ލިބެން ހުރުން އެއީ ނުހަނު ބޭނުންތެރިކަމެށް ކަމެށްކަމަށާއި އެގޮތައް އެކަން ކުރުމަށްވެސް ކައުންސިލުން ނިންމާފައިވެއެވެ. ހިނަވާގެ ޑިޒައިން ކޮށްފައިވަނީ ފާހާނާއަކާއި ގުދަނެއްގެ އިތުރުން ފެންވެރުވުމާއިއެކު ހިނަވައި މޫނު ދައްކަން ބޭނުކުރާ ބަޔަކާއި ކަފުން ކެފުމާއި ސަންދޯއް ޖަހަން ޖެހުނަސް އަދި އެނޫން ބައެއް ބޭނުންތައް ކޮށްލެވޭ ގޮތައް ފެންޑާޔަކާއި އެކުވެސްމެއެވެ.