Thursday, November 28, 2013

މަރުހަބާ ރައީސުލް ޖުމޫހޫރިއްޔާ

ގިނަ ދުވަސްތަކަކަށް ފަހު ދިވެހި ރައްޔިތުން އެތަށް ޤުރުބާނީ ތަކެއްވެ ޖޯޝާއި ހިތްވަރާއި އެކު  ނުގަޑާފަދަ ގަދަޢަޒުމުގައި ފަސްނުޖެހި ކުރިއަށްގޮސް، އެތައް ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކަޑަތުކުރުމަށްފަހު ގަދަ ކީރިތިވަންތަ މާތް ﷲ ގެ އިރާދަފުޅާއި ވާގިފުޅުން މިވަނީ މިލޮބުވެތި ޤައުމުގައި ޤާނޫނީ ވެރިކަމެއް ގާއިމުކޮށް ރައްޔިތުން ވޯޓްލައި ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެންވާ ވެރިޔަކު އިންތިޚާބުކޮށް ފައެވެ.

16 ނޮވެމްބަރު 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ކުރިހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރައްވައި ދިވެހިރާއްޖޭގެ ރިޔާސީ އާ ދައުރަކަށް ހުވާ ކުރެއްވި ރައީސުލްޖުމުހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން އަބުދުލް ޤައްޔޫމަށް މިކައުންސިލާއި އިހަވަންދޫގެ ލޮބުވެތި އެންމެހާއި ރައްޔިތުންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ. އެމަނިކުފާނުގެ މި ދައުރުގައި މި ލޮބުވެތި އިހަވަންދޫ އަށް ގެނެސްދޭ ތަރައްޤީގެ ކޮންމެ މަޝްރޫއަކަށް، އަދި އިހަވަންދޫގެ ތަރައްޤީއަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމަކާއި ޙަރަކާތަކަށް މިކައުންސިލުން އިޙްލާޞްތެރި ކަމާއިއެކު މަރުޙަބާ ކިޔައި ފުރިހަމަ އެއްބާރުލުން ދޭނެކަމަކުގެ ޔަޤީންކަން އަރުވަމެވެ.
އަޅުގަނޑުމެން އެދެނީ ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަރައި މިފެށުނު ރިޔާސީ އާ ދައުރުގައިވެސް މާތް ﷲ ގެ އިރާދަފުޅުން އިހަވަންދޫ އަށާއި ދިވެހިރާއްޖެއަށް ތަރައްޤީގެ ހަރުފަތްތަކެއް ގިރާކުރެވުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މިއިހަވަންދޫގެ ލޮބުވެތި ރައްޔިތުންނަށް އުފާ ފާގަތިކަން ދެއްވައި ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކޮށްދެއް  ވުމެވެ.