Tuesday, November 5, 2013

އިހަވަންދޫގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސަކަތް ފެށުން.

އިހަވަންދޫގައި ޒުވާނުންނަށް ފޫޓްބޯޅާގެ އިތުރުން އެހެނިހެން ބައެއް ކުޅިވަރުތައް ކުޅެވޭނެ މާޙައުލެއް ޤާއިމު ކުރުމަށްޓަކައި ޒުވާނުންގެ މަރުކަޒުގެ ބިން ސާފުކުރުމަށް ފަހު ވަށާ ފޫޓްފާރު ރާނާ ދާޖެހުމާއި އަދި ކަރަންޓް ލުމާއިއެކު ލައިޓް ޖެހުމުގެ މަސައްކަތް ކުރިއަށް އެބެދެއެވެ. ވޮލީ ބޯޅަ ފަދަ ބައެއް ކުޅިވަރުތައް
ކުޅުމަށްޓަކައި އެކެށޭނެ މާހުލެއް ނެތުމުން މިއަދާ ހަމައަށްވެސް ވޮލީ ކުޅެމުން އަންނަނީ އަމިއްލަ ފަރުދުންގެ ގޯތި ތަކުގައި ވަރަށް ދަތި ހާލުގާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. ވުމާއިއެކު ޒުވާނުންގެ މަރުކަޒުގައި ވޮލީ އަދި އެހެނިހެން ބައެއް ކުޅިވަރުތައް ކުޅެވޭނެ މާޙައުލެއް ހަމަ ޖެހުމުން ޒުވާނުންނަށް މިކަމުގައި ދިމާވެފައިމިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ކައުންސިލުން ދެކެމެވެ. މި ބިމުގައި ރޭގަނޑު ވޮލީ ކުޅެވޭނެ މާހައުލެއް އޮތުމަށްޓަކައި ލައިޓްޖަހާ ތައްޔާރު ކުރެވޭނެއެވެ.

ޒުވާނުންގެ މަރުކަޒު ތައްޔާރުކޮށް ނިންމުމަށްފަހު ކައުންސިލުން ދެން ވިސްނުންހުރީ އިންޑޯ ކުޅިވަރުތަކަށް ޚާއްސަކޮށް ބިމެއް ހަމަޖައްސާ، އިންޑޯ ހޯލެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރެވޭނެ މަގެއް ހޯދާ އަދި އެހެންމެ 2 ފުޓުބޯޅަ ދަނޑުވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާގެން ކުރިއަށް ދިއުމަށެވެ. މާތް ﷲ އިރާދަ ކުރެއްވީތީ މިކަންކަމުގައި ވަރަށް ބޮޑު އުއްމީދެއް ކައުންސިލަށް ލިބިފައި އެބައޮތެވެ. މިގޮތުން އަމިއްލަ ފަރާތަކުން ހުރަވީ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދޭނެކަމަށް ކައުންސިލްގައި އެދިފައިވާތީ އެކަން ކުރުމުގެ ހުއްދަ އެފަރާތައް ރައްދުކުރެވި، މި އަހަރު (2013)ގެ ކުރީ ކޮޅުގައި އެފުރުޞަތު އެފަރާތައް ދެވިފައިވާތީ އެކަން ފާހަގަ ކޮށްލަމެވެ.