Wednesday, June 26, 2013

އިހަވަންދޫ ކައުންސިލް


ހއ. އިހަވަންދޫ ކައުންސިލަކީ ޤާނޫނު ނަމްބަރ 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ، ދަށުން 26 ފެބުރުއަރީ 2011 ވަނަ ދުވަހު ކައުންސިލަށް އިންތިޚާބު ކުރެވުނު 5 މެންބަރުން ޤާނޫނީ ހުވާކުރުމާއި ހަމައިން އުފެދިފައިވާ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ، ދަޢުވާލިބިގަތުމުގެ ބާރު ލިވިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ޝިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞެކެވެ.
      ކައުންސިލްގެ ފުރަތަމަ ޖަލްސާ ބޭއްވިފައިވަނީ 26 ފެބުރުއަރީ 2011 ވީ ހޮނިހިރުދުވަހު 11:30 ގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމްގައެވެ. މިޖަލްސާއަކީ ކައުންސިލްގެ ފުރަތަމަ ޖަލްސާކަމުން ޖަލްސާގައި އޮތީ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމާއި ކައުންސިލް ހިންގާ ޤަވާއިދު ފާސްކުރުމުވެ. މިޖަލްސާއިން ކައުންސިލްގެ ރައީސްގެ ގޮތުގައި ކައުންސިލް މެންބަރ ހއ.އިހަވަންދޫ / ޝަހަރުއާބާދު އަލްފާޟިލް މުޙައްމަދު ސަމީރު ކައުންސިލްގެ 5 މެންބަރުންގެ އިއްތިފާޤުން ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރެވުނެވެ. އަދި ނައިބުރައީސްގެ މަޤާމަށް ކައުންސިލް މެންބަރ ހއ.އިހަވަންދޫ / ބަހާރުގޭ އަލްފާޟިލް އަބުދުﷲ މަންސޫރު ކައުންސިލްގެ 5 މެންބަރުންގެ އިއްތިފާޤުން ނައިބުރައީސް ކަމުގެ މަޤާމަށް އިންތިޚާބުކުރެވުނެވެ. އަދި ކައުންސިލް ހިންގާޤަވާޢިދު މިޖަލްސާއިން ފާސްކޮށް އެޤަވާޢީދަށް ޢަމަލުކުރަން ފެށުނެވެ.
.