ކައުންސިލްގެ ބަޖެޓަކީ އިހަވަންދޫ ރައްޔަތުންގެ
ބަޖެޓެވެ. ކައުންސިލްގެ އިދާރީ ބަޖެޓަކީ
ކައުންސިލްގެ އިދާރީ ހިންގުމާއި ކައުންސިލުން
ކޮންމެހެން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކައުންސިލަށް
ފޯރުކޮށްދޭންޖެހޭ ބަޖެޓެކެވެ. އެއީ ސަރުކާރުގެ
އެންމެހާ އިދާރާތައް ނުވަތަ ވުޒާރާތަކަށް ފޯރުކޮށްދޭ އުސޫލުންނެވެ. ރައީސުލްޖުމުހުރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކަށާއި، މިނިވަން މުޢައްސަސާތަކަށާއި، ސިޓީ /
އަތޮޅު އަދި ރަށު ކައުންސިލްތަކާއި، ސުކޫލުތަކާއި،
މިނޫންވެސް ސަރުކާރާ ގުޅުންހުރި ދިވެހި ދައުލަތުގެ އެންމެހާ ތަންތަނަށެވެ. ކައުންސިލްގެ ބަޖެޓާއި
ކައުންސިލްގެ އިދާރި ބަޖެޓަކީ މުޅިން 2
ބަޖެޓެކެވެ. މި ދެ ބަޖެޓްގެ ފައިސާ ހުންނާނީ ވެސް މުޅިން 2 އެކައުންޓެއްގަ އެވެ.
ލާމަރުކަޒީ އުސޫލުން ހިންގުމުގެ އެންމެ ބޮޑު އެއް
އަސާސަކީ ޤާނޫނަކުން ކަނޑައެޅި ވަކިވަކި
ބާރުތަކެއް ވަކި ފަރަތްތަކާއި ހަވާލުކޮށް ދީމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުސޫލުން ހިންގައި އެ ރަށެއްގެ ކަމެއް އެ ރަށަކުން ނިންމޭނެ މަގަށް އެންމެހާ ކަންކަން ފަހިކުރުމެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގަންފަށައި ސިޓީ / އަތޮޅު އަދި ރަށު ކައުންސިލްތައް އުފެއްދި ކަމުގައިވިޔަސް
ކައުންސިލްތަކުގެ ޤާނޫނީ ވާޖިބުތައް
އަދާކުރުމަށްޓަކައި ކައުންސިލްތަކަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެއްވެސް ވަސީލަތްތަކެއް ފޯރުކޮށްދީފައި ނުވާކަން
ފާހަގަ ކުރެވެ އެވެ.
މިގޮތުން ގިނަ ކައުންސިލްތަކުގެ އިޚްތިޞާސް
ކަނޑައެޅިފައި ނުވާ ހިނދު، އިޚްތިޞާސް
ކަނޑައެޅުނު މަދު
ކައުންސިލްތަކަށް ހަވާލުކުރެވިފައި ހަމައެކަނި އޮތީ
އަތޮޅު ކައުންސިލެއްނަމަ ހަމައެކަނި އަތޮޅުގައި
ހުރި ފަރާއި ފަޅުރަށްރަށް ބެލުމެވެ. އެއިން އެންމެ ރަށެއް ފަރެއް އަދި ހަލެއްހާ މިންވަރުވެސް ކައުންސިލުގެ އާމްދަނީ
އިތުރުކުރުމަށް ވިޔަފާރި އުސޫލުން
ބޭނުންކޮށްލުމުގެ ކުޑަވެސް ފުރުސަތެއްދީފައި ނުވެ އެވެ. އެގޮތުން ރަށު ކައުންސިލްތަކަށް ވެސް ހަމައެކަނި
ހަވާލުކުރީ އެ ރަށެއްގެ ބިންތައް ބެލުމެވެ.
ކައިރީގައި އޮތް ފަޅުރަށެއް، ފަރެއް، އަދި ބިމެށްހާ މިންވަރުވެސް ވިޔަފާރި އުސޫލުން ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށްޓަކައި ދީފައެއް ނުވެ އެވެ. އަދި އެހެންމެ
އެރަށެއްގެ ބިމެށްވެސް އެރަށެއްގެ
ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށްޓަކައި ބޭނުންކުރުމުގެ އިޚްތިޔާރު ދީފައި ނުވާހިނދު ކައުންސިލަށް
އާމްދަނީ ހޯދޭނެ މަގުފަހި ވާނީ ކިހިނަކުންތޯއެވެ؟
އިހަވަންދޫގެ އައިސްޕުލާންޓަކީ ކައުންސިލް
އިންތިޚަބުވީންސުރެ ކައުންސިލާ އެތަން
ހަވާލުކޮށްދިނުމަށްޓަކައި ތަކުރާރުކޮށް
އެދެމުން އައި ތަނެކެވެ. ނަމަވެސް އެކަމުގެ
އެއްވެސް ޚަބަރެއް ނުވުމުން ބިމުކުލި ނަގަންނިންމާ
ފިޝަރީޒް މިނިސްޓްރީއަށް ފޮނުވުމުންވެސް އަދިއަދަށް އަންނާންދެންވެސް އެކަމުގެ އެއްވެސް ޖަވާބެއް ނުލިބެ އެވެ.
އެތަން އިހަވަންދޫގައި ހުރި ނަމަވެސް
އެތަނުގެ ޚިދުމަތް އިހަވަންދޫގެ އެންމެހާ ރައްޔިތުން ލިބިގަންނަމުން ދަނީ ހުރިހާ ފަރާތްތަކެކޭ އެއްފަދައިން ވިޔަފާރި އުސޫލުންނެވެ. ކަންހުރި މަގަކީ މިއީ ކަމަށްވާއިރު
ކައުންސިލްތަކުގެ ޤާނޫނުގައި ކައުންސިލްތަކުގެ
އާމްދަނީ އިތުރުކުރުމަށްޓަކައި ބަޔާންކޮށްފައިވާ
އެއްވެސް ފުރުސަތެއް ސަރުކާރުން ފަހިކޮށްދީފައިނުވާ ހިނދު ޤާނުނުގައި ކައުންސިލުން ރައްޔަތުންނަށް ފޯރުކޮށްދޭންޖެހޭ
ޚިދުމަތްތައް އެހާމެ ގިނަ އެވެ. އެހެން ކަމުން
މި ޚިދުމަތްތައް ކައުންސިލުން ރައްޔިތުންނަށް
ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލީ ދަތިކަމެވެ.
މި ދެންނެވި ގޮންޖެހުންތައް އޮތުމުން އިހަވަންދޫ ކައުންސިލުން މަސައްކަތްކުރަމުން އައީ އިހަވަންދޫ
ކައުންސިލްގެ ބަޖެޓްގެ މާލީތަނަވަސްކަން
އިތުރުކުރުމަށެވެ. އެއީ ރައްޔަތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ ކައުންސިލަށް
ދާއިމީގޮތެއްގައި އާމްދަނީ ލިބޭނޭ
މަގެއްފަހިވެގެންނެވެ. ނަމަވެސް ކައުންސިލް އިންތިޚާބުވިއިރު އިހަވަންދޫ އަށް އާމްދަނީ ލިބޭނޭ
އެއްވެސް މަގެއް ފަހިވެފައެއްނުވެ އެވެ. ވަމުން
އައީ ގެއްލުމެވެ.
އޭރު އިހަވަންދޫ ރައްޔަތުންގެ ނަމުގައި ވިޔަފާރި
ކުރަމުން އައި ނަމަވެސް ކައުންސިލާ
ހަވާލުވުމާ ހަމައަށް 230000 ރުފިޔާއަށް ވުރެ އިތުރު މިންވަރަކަށް ވަނީ ގެއްލުންވެފަ އެވެ. އެއީ މުޅި އެ
ވިޔަފާރިން އެއްވެސް ފައިދާއެއް އިހަވަންދޫ
ރައްޔިތުންނަށް ނުލިބި އެވެ. ކައުންސިލުން އިތުރަށް އެ ވިޔަފާރި ކުރިޔަށް ގެންދިއުން އެއީ ބުއްދިވެރިކަމެށް ކަމަށް ކައުންސިލަށް ނުފެނުމުން، އެ ވިޔަފާރިއަށްވި ގެއްލުން
އިޔާދަކުރުމަށްޓަކައި އެވިޔަފާރި
ސަބްކޮންޓްރެކްޓަށް ފުރުސަތު ހުޅުވާލައި، އެތަނަށްވި ގެއްލުން
(230000 ރުފިޔާ) އިޔާދަކޮށް 22000 ރުފިޔާގެ
ފައިދާއެއް ހޯދައި ސަބްކޮންޓްރެކްޓަށް
ދޫކޮށްގެން އެވިޔަފާރި އަށް 29000 ރުފިޔާއަށް ވުރެ އިތުރު ފާދާއެއް ވަނީ ހޯދިފަ އެވެ. އެއީ އެވިޔަފާރި އަށް
މަހަކު ދައްކަން ޖެހޭ 2500 ރުފިޔާގެ އިމާރާތު ކުލި
ދައްކަމުންނެވެ.
މީގެއިތުރުން ހަދަންފަށާ ހުއްޓިފައި ހުރި
ރައްވެހިގެ އިމާރާތް ( މިހާރުގެ ޕޮލިސް
ސްޓޭޝަން އިމާރާތް ) އެތެރޭގެ ފިނިޝިން އެންމެހާ މަސައްކަތް ނިންމައި ތަނަށް ބޭނުންވާ އެންމެހައި
ފަރުނީޗަރު ހޯދާ ވަށާ ފޫޓްފާރު ރާނާ ތަނުގެ
އެންމެހާ މަސައްކަތް ނިންމާ، އެޕްރޮޖެކްޓް ނިންމުމަށްފަހު މޯލްޑިވުސް ޕޮލިސް ސާވިސް އަށް މަހަކު 11000 ރުފިޔާ އަށް އެ އިމާރާތް އެ ވަނީ ކުއްޔަށް ދެވިފަ އެވެ.
އަދިވެސް އާމްދަނީ ހޯދުމަށްޓަކައި ރަށުން ދޫކުރެވޭ
ވަގުތީ އޮޑިހަރުގެ ވަޅުތަކުން ބިމުކުލި
ނެގޭ ނިޒާމެއް ވަނީ ޤާއިމު ކުރެވިފަ އެވެ. އެގޮތުން މިހާރު އިހަވަންދޫ ރައްޔަތުންނަށް މަހަކު 15000 ރުފިޔާއަށްވުރެ އިތުރު މިންވަރަކަށް އާއްމުދަނީ މަހުންމަހަށް ލިބެމުން
އެބަދެ އެވެ. އަދި އިތުރަށް މި އާމްދަނީ
އިތުރު ކުރުމަށްޓަކައި 900000 ރުފިޔާގެ އިމާރާތެއް މިއަހަރު ތެރޭގައި އިމާރާތްކޮށް ނިންމާ އެ ތަނުންވެސް
އިތުރަށް ރައްޔިތުންނަށް އާމްދަނީ ލިބޭނޭ
މަގު އިރާދަކުރެއްވިއްޔާ ފަހިވެގެން ދާނެ އެވެ. އަދި ޒަމާނީ ޕްރީ ސުކޫލެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިމާރާތްކުރުމަށް ހޭދަވާ އެންމެހާ ތަކެތި މި ދާއިރާގެ
ރައްޔަތުން މަޖިލީސްގެ މެމްބަރުގެ ދީލަތި އެހީގެ
ޚަރަދުގައި ފޯރުކޮށް، ތަކެތި ދިނުމުން ކުރަންޖެހޭ އެންމެހައި މަސައްކަތް ރައްޔިތު ފެންވަރުގައި ކުރަން ހަމަޖެހި އެ މަސައްކަތައް ބިންސާފު ކުރުމާއި ބިމަށްއަރާ ރުއްތަކަށް ބަދަލުދީ ކުރެހުންތައް ކުރެހި އިމާރާތުގެ ބިންގާ ބެހެއްޓި އެ
މަސައްކަތް ވެސް މި ވަނީ ފަށާގަނެވިފަ
އެވެ.
ރަށަކީ މަސްވެރި އޮޑިދޯނިފަހަރު ގިނަ ރަށަކަށްވުމާ
އެކު އޮޑިފަހަރު އެހެލާ ބާލާ ނިޒާމެއް
ޤާއިމުކުރުމަށްޓަކައި ބޭރުގެ އިންވެސްޓަރަކާ
ގުޅިގެން އެކަމަށް ބޭނުންވާ
މެޝިން ރަށަށް މިހާރު ވަނީ ގެނެވިފަ
އެވެ. ނަމަވެސް ކައުންސިލްގެ މިލްކުގައި އެކަށީގެންވާ އެސެޓެއް ނެތުމުގެ ސަބަބުން މި މަސައްކަތް ކުރިޔަށް ގެންދިއުމަށް
މާލީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެ އެވެ.
ސްލްޕްވޭގެ ޕްރޮޖެކްޓަކީ 10 މިލިޔަން ރުފިޔާގެ
އިިންވެސްޓެއް ކުރަންޖެހޭ މަސައްކަތެކެވެ.
އަދި މިއާއެކު ކައުންސިލް އައުމަށްފަހު ރަށުގެ
އިންޓަރނެޓްގެ ޚިދުމަތްތަކަށް ހުރި
ގޮންޖެހުންތައް ފާހަގަކޮށް ސްޕީޑް ރަނގަޅު ކުރުމަށްޓަކައި ދިރާގައި ވަތަނިއްޔާ އަށް ތަފާތު މުޢާމަލާތް ރަސްމީކޮށް ކުރެވިގެން ނަތީޖާއެއްގެ ގޮތުން 3.5 ޖީ އިންޓާނެޓް ލިބޭނެ
މަގު ފަހިކުރެވުނެވެ. އަދި މިހާރު ވަނީ
ރައްޔިތުން ލިބިގަންނަމުންދާ ޚިދުމަތްތަކެއް
ތަރައްޤީކޮށް ކުރިއަރުވާ ފުޅާކޮށް އަތްފޯރާ ކުޑަ އަގުތަކެއްގައި ރައްޔިތުންނަށް ފޯރު ކޮށްދިނުމަށްޓަކައި ކުންފުންޏަކާއި ކައުންސިލާއެކު ހިއްސާވާގޮތައް ކޭބަލްޓީވީ އަދި
އިންޓާނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި
އެއްބަސްވުމަށްފަހު ޕްރޮޖެކްޓް އެކުލަވާލައި އަމަލީ މަސައްކަތް ފެށިފަ އެވެ. އިރާދަ ކުރެއްވިއްޔާ ފެބްރުއަރީ
މަހުތެރޭގައި އިންޓަރނެޓްގެ ޚިދުމަތް
ފޯރުކޮށްދޭން ފެށޭއިރު މިއަހަރުގެ ތެރޭގައި ކޭބަލްޓީވީގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ޤަބޫލުކުރެވެ
އެވެ. މިއީވެސް ކައުންސިލުގެ %49 ހިއްސާވާ
ޕޮރޮޖެކްޓެކެވެ.
ޒުވާނުންނަށް އެކިއެކި ކުޅިވަރު ކުޅޭނެ މަގެއް ފަހި ކުރުމަށްޓަކައި ސަރުކާރުގެ ބައެއް އެހީއާއި ކައުންސިލުން
ހަރަދުކޮށްގެން ޒުވާނުންގެ މަރުކަޒުގެ މަސައްކަތ
ްވަނީ ފަށާގަނެވިފަ އެވެ. އަދި މިނޫންވެސް ގިނަގުނަ މަސައްކަތްތަކެއް މާތް ﷲގެ އިރާދަފުޅާ ވާގިފުޅާލައިގެން ކައުންސިލްގެ ޅަފަތުގެ ދައުރުގައި މިގެންދަނީ ކުރަމުންނެވެ. މި ދެންނެވި ހުރިހާ މަޝްރޫއަކީ ކައުންސިލްގެ އިދާރީ ބަޖެޓުގެ ތެރޭން
ހިންގޭ މަޝްރުތަކެއް ނޫނެވެ. ހަމައެކަނި
ކައުންސިލުން ބައެއް އިންވަސްޓަރުންނާއި ގުޅިގެން ހިލޭ އެހީދޭ ފަރާތުގެ އެހީއާއިކު ކައުންސިލްގެ ބަޖެޓުން ރައްޔިތުންނަށް އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭ
މަސައްކަތްތަކެކެވެ.
ނަމަވެސް ހިތާމަޔަކީ ތަރައްޤީ ބަޖެޓަށް އެންމެ ފައިސާއެއް ނުދެއްވާއިރު މިފެށުނު އަހަރު ކައުންސިލްގެ އިދާރި
ހިންގުން ހިންގޭނެ ވަރުގެ ބަޖެޓެއް
ދެއްވާފައި ނުވާކަން ފާހަގަކުރަމެވެ. ހަމަ ގައިމުވެސް އިހަވަންދޫގެ ރައްޔަތުންގެ އަތުން ޖީއެސްޓީވެސް ނެގެ އެވެ.
އެހެނިހެން ޚިދުމަތްތަކުން ރައްޔިތުންގެ
އަތުން ނެގޭ ފައިސާ އާއި، ހއ. އަތޮޅުގައި ހުރި 3 ރިސޯޓުން ނެގޭ ޓޫރިޒަމް ޓެކުސްގެ މިންވަރެއް އިހަވަންދޫގެ ރައްޔަތުންނާއި ހއ.އަތޮޅުގެ ރައްޔަތުންނަށް ހައްގުނުވާންވީ
ގޮތެއް، ސަބަބެއް ނޯނާނެ އެވެ.